Advertisement

ދޮޅު އަހަރުވީއިރު ރައީސް ވިދާޅުވީ އަދި މިފެނުނީ ވެރިކަމުގެ "ބިހައިންޑް ދަ ސީން" ކަމަށް

23 ޖުލައި 2025 - 21:54 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދޮޅު އަހަރުވީއިރު އެމަނިކުފާނު ވިދާޅުވީ އަދި މިފެނުނީ ވެރިކަމުގެ "ބިހައިންޑް ދަ ސީން" ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ދޮޅު އަހަރުވީއިރު ރައީސް ވިދާޅުވީ އަދި މިފެނުނީ ވެރިކަމުގެ "ބިހައިންޑް ދަ ސީން" ކަމަށް

23 ޖުލައި 2025 - 21:54 5

މި ސަރުކާރަށް ދޮޅު އަހަރުވީއިރު އަދި މިފެނުނީ ވެރިކަމުގެ "ބިހައިންޑް ދަ ސީން" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިހާރު ފެށިގެންދާ މަރުހަލާއަކީ ބިހައިންޑް ދަ ސީންއަށްފަހު، އަމަލީ މައިދާނުގައި ކުރިން ކުރެވުނު މަސައްކަތްތައް ފެންނަ މަރުހަލާ ކަމަށެވެ.

"މިހާރު މި ފެށެނީ އަދި ފެށިގެން މިދަނީ އަމަލީ ގޮތުން މި ކުރެވުނު ހުރިހާ މަސައްކަތެއްގެ ނަތީޖާ ފެނިގެން ދިއުމުގެ މަރުހަލާ. ކުރިން މިދިޔައީ ފަރުދާގެ ފުރަގަހުން ކުރެވުނު މަސައްކަތް. ބިހައިންޑް ދަ ސީން. ދެން އިރާދަކުރެވިއްޔާ އަމަލީ މައިދާނުން އެ މަސައްކަތް މިހާރު ދެން ފެނިގެން މިދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިން ކުރެވުނު މަސައްކަތްތަކާއެކު މަހަކަށްވުރެ މަހެއް ރަށްރަށުގައި ކުރެވޭ މަސައްކަތްތައް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

"މި މަހަށް ވުރެ ދެން އޮތް މަހު އަދި ދެން އަންނަ މަހަށް ވުރެ ސެޕްޓެމްބަރު މަހު، މިހެން ގޮސް މަސައްކަތްތައް ރަށްރަށުގައި ފެންނަލެއް ގިނަވާނެ އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ތެރޭގައި މަސައްކަތް ކުރީ ރަށްރަށުގައި ކުރަން ހުރި މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބުކޮށް، ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް ކުންފުނިތަކާއި ހަވާލުކޮށް މަސައްކަތްތައް ކުރެވޭނެ މަގު ކޮށިއްޖެ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އެކި ކަހަލަ މަސައްކަތްތައް ކުރީ އަޅުގަނޑުމެންގެ ރަށްރަށުގައި މިހިރަ މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަންތައްތައް ތަރުތީބު ކުރުމަށްޓަކައި. އަދި ވަރަށް ގިނަ ކަންކަން ރަށްރަށުގައި ފަށައިގަނެވިއްޖެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކިއެކި މަޝްރޫއުތައް ހުއްޓިފައި ހުއްޓާ އެ މަސައްކަތްތައް ކުރެވޭނެ ގޮތް އަޅުގަނޑުމެން ހޯދައި އެކަންކަން ކުރުމަށް އަލުން އެކިއެކި ކުންފުނިތަކާއި ހަވާލުކޮށްފިން. އަދި ދެން އަލަށް ފަށަން ހުރި މަސައްކަތްތައް ކުރެވޭނެ މަގު އަޅުގަނޑުމެން މި ކޮށީ."

ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވައުދުވި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރަނި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.

މިގޮތުން މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށައި އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށާއި 2028 ގެ ނިޔަލަށް ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.