Advertisement

އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި ހޯމަ ދުވަހު ފަށަނީ

23 ޖުލައި 2025 - 21:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާރްޓީއެލް ފެރީއެއް: އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި ހޯމަ ދުވަހު ފަށަން ވަނީ ތައްޔާރުވެފައި -- ފޮޓޯ: އަދަދު ފައިލް


އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި ހޯމަ ދުވަހު ފަށަނީ

23 ޖުލައި 2025 - 21:08 0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އަންނަ ހޯމަ ދުވަހު ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމުގެ ގޮތުން އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 3، ގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަހުލުވެރި ދަތުރުތަކަށްފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅަށް ލިބޭނީ ޓިކެޓު ނަގައިގެން ކަމަށާއި ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮގަސްޓް 1، އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އާރްޓީއެލް ފެރީ މަޝްރޫއުގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ހިދުމަތް ފޯރުކޮށްދެމުންދާއިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު ޒޯން 2 ގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ދޭން ފެށޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަށް ކުރީ ސަރުކާރުން ފެށި އާރްޓީއެލް މަޝްރޫއުގެ ދަށުން ބ. އަތޮޅުގައި އެ ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުންދާނެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.