22 ޖުލައި 2025 - 16:02 0
ލީވާން އަލީ ނާސިރު
22 ޖުލައި 2025 - 16:02 0
ރާއްޖެއާއި ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ދޫކުރަން ނިންމި ދަރިވަރުންގެ ވަގުތީ ލިސްޓެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އިއުލާންކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން 806 ދަރިވަރުން ޝަރުތު ހަމަވިއިރު، ޝަރުތު ހަމަވި އެންމެންނަށް ލޯނު ދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ބުނީ ވަގުތީ ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު އަންގާފައިވާ ކަމަށާއި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ސްޓޫޑެންޓް ލޯނަށް ހުށަހެޅި އެއްވެސް މީހެއްގެ ޝަކުވާއެއް އޮތް ނަމަ އޯގަސްޓް 3، ގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް ހުށަހަޅަން މިނިސްޓްރީން އެދެ އެވެ.
ޕައިލެޓް ސްޓަޑީސް ހެދުމަށް ހުޅުވާލާފައިވާ 10 ޖާގައަށް ޝަރުތު ހަމަވި 10 ދަރިވަރުންނާއި އެހެނިހެން ދާއިރާތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
މިދިޔަ ދައުރުގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ހުރިހާ ދަރިވަރުންނަށް ލޯނު ދިނެވެ.
Comment