Advertisement

ހަތަރު ބައްޔާ އެކު އެޗްޑީސީ އާއި ސިފައިން ވެސް ރޭންކިން މެޗަށް

22 ޖުލައި 2025 - 10:25 0


ހަތަރު ބައްޔާ އެކު އެޗްޑީސީ އާއި ސިފައިން ވެސް ރޭންކިން މެޗަށް

22 ޖުލައި 2025 - 10:25 0

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، މެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ހަތަރުވަނަ މެޗުން ވެސް ބަލިވެ، ރޭންކިންގައި ކުޅެން ޖެހިއްޖެ އެވެ.

މި މުބާރާތުގައި ސިފައިންގެ ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނުއިރު، މި މެޗުން ސިފައިން ބަލިވީ 3-2 ސެޓުންނެވެ. ދެވަނަ މެޗުގައި ޒައިކް އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ތިންވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރިޓީ އަތުން ބަލިވީ 3-1 ސެޓުންނެވެ.

އިއްޔެ ހަވީރު ސިފައިން ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. މި މެޗުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގައި ފުރަތަމަ ސެޓާއި ފަހު ސެޓުގައި ސިފައިން ވަނީ ބަޝިކްއަށް ރަނގަޅު ފައިޓެއް ދީފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-23، 25-16 އަދި 27-25 އިންނެވެ.

މީގެ އިތުރުން ރޭ އެޗްޑީސީ ވަނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. މިއީ އެޗްޑީސީ ބަލިވި ހަތަރު ވަނަ މެޗު ވެސް މެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީ އިން ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި އެޗްޑީސީ ނުކުތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ބަލިވީ 3-1 ސެޓުންނެވެ. އަދި ތިން ވަނަ މެޗުގައި ޒައިކް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-21، 25-23 އަދި 25-15 އިންނެވެ.

މި މުބާރާތުގައި މިއަދު ހަވީރު އެޗްޑީސީ ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.