Advertisement

އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް އިސްތިއުފާ ދީފި

21 ޖުލައި 2025 - 22:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ ނައިބުރައީސް ޖަގްދީޕް ދަންކަރް: މަގާމުން އިސްތިއުފާދެއްވީ ސިއްހީ ހާލުކޮޅަށް އިސްކަން ދެއްވުމަށް ކަމަށް ވިދާޅުވެ -- ފޮޓޯ: ދަ ޓެލެގްރާފް އޮންލައިން


އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް އިސްތިއުފާ ދީފި

21 ޖުލައި 2025 - 22:45 0

އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް ކުއްލި ގޮތަކަށް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއަށް ފޮނުއްވި ސިޓީއެއްގައި ދަންކަރް ވިދާޅުވީ އިންޑިއާގެ ނައިބުރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ހާލުކޮޅަށް އިސްކަން ދެއްވުމަށް ކަމަށެވެ.

ދަންކަރްގެ އިސްތިއުފާ ސިޓީގައި ދުރޫޕަދީ މުރުމޫ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ މަގާމުގައި ހުންނެވި ދުވަސްތަކުގައި ގިނަ ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

މީގެއިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން އިތުރުބާރު ކުރައްވާ ނައިބުރައީސްގެ މަގާމަށް އިންތިހާބު ކޮށްދެއްވީތީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދަންކަރް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ މަގާމުގައި ހުންނަވާ ފަރާތެއް އަވަހާރަވުމުން، އިސްތިއުފާ ދެއްވުމުން ނުވަތަ މަގާމުން ދުރު ކުރެއްވުމުން، ރައީސްގެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ.

އޭގެ އިތުރުން ޕާލިމެންޓުގެ މަތިގެ ނުވަތަ ރާޖްޔާ ސަަބާގެ ޗެއާމަންކަަން ވެސް ކުރައްވާނީ ނައިބު ރައީސެވެ.