Advertisement

12 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

21 ޖުލައި 2025 - 17:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


12 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

21 ޖުލައި 2025 - 17:46 0

އިތުބާރު ހިފޭ މަގާމެއްގައި ހުރެ 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

އިތުބާރު ހިފޭ މަގާމުތަކުގެ ތެރޭގައި އާއިލީ މެންބަރުން، ޓީޗަރުން އަދި އެހެނިހެން ބެލެނިވެރި މަގާމުތައް ހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި، އެ ކުއްޖާގެ މައުލޫމާތު ސިއްރު ކުރުމުގެ ގޮތުން ފުލުހުން ރަށް ހާމައެއް ނުކުރެ އެވެ. އަނިޔާ ލިބޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ވެސް ހިލާފު ކަމެކެވެ.

މިދިޔަ މޭ މަހު ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި އެވެ. އެފަހަރު ފެންމަތިވީ 17 އަހަރުގެ ކުއްޖަކަށް އުތުރުގެ ރަށެއްގައި ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެކެވެ.