Advertisement

ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ، އިންޑިއާ، ބޫޓާން އަދި ޕާކިސްތާން އެއް ގްރޫޕެއްގައި

21 ޖުލައި 2025 - 07:52 0

މިދިޔަ އަހަރުގެ އޭޝިއާ މުބާރާތުގެ ކޮލިފައިންގެ ތެރެއިން، 17 އަހަރުން ދަށުގެ ޓީމުގެ އިލާން.---- ފޮޓޯ: އޭއެފްސީ


ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ، އިންޑިއާ، ބޫޓާން އަދި ޕާކިސްތާން އެއް ގްރޫޕެއްގައި

21 ޖުލައި 2025 - 07:52 0

އަންނަ ސެޕްޓެމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ބޫޓާނާއި ޕާކިސްތާން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ސެޕްޓެމްބަރު މަހު، 15-27 އަށް ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި، ގްރޫޕް އޭގައި ހިމެނެނީ، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.

ރާއްޖެއާ އެކު، ގްރޫޕް ބީ ގައި އޮތް އިންޑިއާ އިން މި އުމުރާ ގުޅޭ މުބާރާތްތަކުގައި (15 އަހަރުން ދަށް، 16 އަހަރުން ދަށް، 17 އަހަރުން ދަށް) ހަ ފަހަރު ތަށި ހޯދާފައިވާއިރު، ޕާކިސްތާނުން 2011 ވަނަ އަހަރު ތަށި އުފުލާލި އެވެ. އަދި، ބޫޓާނުން 2017 ގައި ހަތަރު ވަނަ ހޯދިއިރު، ރާއްޖޭން މި އުމުރުފުރާއާ ގުޅޭ މުބާރާތްތަކުގެ ތެރެއިން، 2023 ވަނަ އަަހަރު ސެމީ ފައިނަލުގައި ވާދަކުރި އެވެ.

މިދިޔަ އަހަރު ބޭއްވި ސާފް 17 އަހަރުން ދަށުގެ މުބާާރާތުގައި ރާއްޖޭން އިންޑިއާ އަތުން 3-0 އިން ބަލިވި ނަމަވެސް، ބަންގްލަދޭޝާ 1-1 އިން އެއްވަރުކުރި އެވެ.

މި ފަހަރުގެ ސާފް 17 އަހަރުން ދަށުގެ މުބާރާތަށް ސިލެކްޝަނެއް ހެދުމަށާއި ތައްޔާރުވުމަށް މުބާރާތެއް ރޭވޭތޯ އެފްއޭއެމް އިން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ޖެހޭގޮތެއްނުވި އެވެ.

ދާދި ފަހުން، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)އާ ގުޅިގެން، އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކަޑަމީ (އައިއެސްއޭ) އިން ރާއްޖޭގައި ޓުއާއެއް ފުރިހަމަކުރިއިރު، މެޗުތަކެއް ކުޅުނެވެ. އޭގެ ތެރެއިން، ގައުމީ 17 އަހަރުން ދަށުގެ ޓީމު އަތުން 6-0 އިން އައިއެސްއޭ ޓީމު ވަނީ ބަލިވެފަ އެވެ.