21 ޖުލައި 2025 - 07:32 0
21 ޖުލައި 2025 - 07:32 0
ސަންޓޯސް، ބްރެޒިލް (ޖުލައި 21) - ބްރެޒިލްގެ މީޑިއާތަކުން ސަންޓޯސްގެ ތަރި، ނޭމާގެ ހަށިގަނޑާ ގުޅޭގޮތުންނާއި ފިޓްނަސްއާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އަލް ހިލާލް ދޫކޮށް، ނޭމާ، 33، މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ މި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
ސަންޓޯސް އަށް ބަދަލުވުމަށް ފަހު ވެސް ނޭމާ އަށް އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވޭ ސަބަބަކީ އަނިޔާގެ މައްސަަލަ އެވެ. މިދިޔަ ހަފްތާ ތެރޭ، ފްލަމެންގޯ އަތުން ބްރެޒިލް މޮޅުވި ގޯލު ޖެހި ނޭމާ އަށް، އެންމެ ފަހުން ސަންޓޯސް ކުޅުނު މެޗުގައި، މިރަސޯލް އަތުން 3-0 އިން ބަލިވިއިރު، އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
އެ މެޗަށް ފަހު، ނޫސްވެރިއަކު ނޭމާއާ ފިޓްނަސްގެ ސުވާލުކުރުމުން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"އަނެއްކާ ވެސް ތި ހަމަ އެއް ސުވާލެއް. އަހަރެން 300 ވަރަކަށް ފަހަރު ތި ކަމަށް ޖަވާބުދީފިން، މި މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ ދަށްކޮށް، އެހެންވީމަ، 3-0 އެ އޮތީ، އަހަރެމެން ފްލަމެންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މިންވަރާ ގާތަށް ވެސް މި މެޗުގައި ނުކުޅެވޭ،" ނޭމާ ބުންޏެވެ.
ނޭމާ، އެންމެ ފުރަަތަމަ، ސަންޓޯސް އަށް ކުޅުނުއިރު، އެ ޓީމަށް 225 މެޗުން 136 ގޯލު ޖަހައިދިނެވެ. އަލުން ނޭމާ ސަންޓޯސްއާ 12 ވަރަކަށް އަހަރު ފަހުން ގުޅުމަށް ފަހު، މި ސީޒަނުގައި ކުޅުނު، 14 މެޗުން ހަތަރު ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނެވެ.
Comment