Advertisement

ކޯލްޑުޕްލޭގެ ޝޯގެ ތެރެއިން ފަލީހަތްވި ސީއީއޯ އިސްތިއުފާ ދީފި

20 ޖުލައި 2025 - 06:38 1

އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް


ކޯލްޑުޕްލޭގެ ޝޯގެ ތެރެއިން ފަލީހަތްވި ސީއީއޯ އިސްތިއުފާ ދީފި

20 ޖުލައި 2025 - 06:38 1

އެމެރިކާގައި މިދިޔަ ހަފުތާގައި ބޭއްވި އިނގިރޭސި ވިލާތުގެ މަޝްހޫރު މިއުޒިކް ބޭންޑް، ކޯލްޑްޕްލޭގެ ކޮންސަޓުގެ ތެރެއިން ފަލީހަތްވި އެމެރިކާގެ ޓެކް ކުންފުންޏެއްގެ ސީއީއޯ މަގާމުން އިސްތިއުފާ ދީފި އެވެ.

ކޯލްޑްޕްލޭގެ ކޮންސަޓުގައި ފަލީހަތްވީ ނިއުޔޯކް ސިޓީގައި ހިންގާ، އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް އެވެ.

އެސްޓްރޮނޮމާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވެރިންގެ އަހުލާގީ މިންގަނޑު ދަމަހައްޓަން ޖެހޭ ކަމަށާއި އެންމެ ފަހުން ހިނގައިދިޔަ ކަންކަމުން އެކަން ފެނިގެން ނުދިޔަ ކަމަށެވެ. އަދި ބައިރަން އިސްތިއުފާ ހުށަހަޅާފައިވާކަން އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ކޯލްޑްޕްލޭ ޝޯގައި ބައިރަން އާއި ކްރިސްޓިން ބައްދާލައިގެން ތިބި މަންޒަރު ބޮޑު ސްރީނުން ފެނުމާއެކު، ހައިރާންވެ ބައިރަން މަންޒަރުން ފިލަ އެވެ. ކްރިސްޓިން ލަދުވެތިކަމާއެކު މޫނުގައި އަތް އަޅަ އެވެ.

"އަޅެ... ކިހިނެއްވީ؟" އެ މަންޒަރު ފެނުމާއެކު، ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިން ބުނެލި އެވެ.

އެ ދެ މީހުންގެ ލޯބީގެ ގުޅުމެއް އޮވެދާނެ ކަމާއި، ނޫނީ މާބޮޑަށް ލަދުގަތީ ކަމަށް އޭނާ ބުންޏެވެ.

އެ މަންޒަރާއެކު އެއީ ކޮން ބައެއްކަން ފަޅާއަރުވާލައި ސޯޝަލް މީޑިއާގައި އެ މަންޒަރު ވައިރަލްކުރި އެވެ.