Advertisement

ފްލެޓުގެ އެއްބަސްވުން ހަދަން އެފްޑީސީއާ މައުލޫމާތު ހިއްސާކުރަން ފަށައިފި

19 ޖުލައި 2025 - 13:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފްލެޓުގެ އެއްބަސްވުން ހަދަން އެފްޑީސީއާ މައުލޫމާތު ހިއްސާކުރަން ފަށައިފި

19 ޖުލައި 2025 - 13:24 0

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުން ހަދަން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަން ދީގެން ކަމަށެވެ.

"ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށްގެންދާނީ އެފްޑީސީން،" މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށެވެ.

އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިދިޔަ މަހު ވިދާޅުވީ މިހާރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، 4،000 ފްލެޓް ހަވާލުކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ފްލެޓްތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.