Advertisement

މިއަދު ބަހާލާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން މިއަދު ހަވާލުކުރަނީ

6 ނޮވެންބަރު 2025 - 09:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައުސިން މިނިސްޓަރު މުއްތަލިބު (ވ)، ރައީސް މުއިއްޒު (މ)، އައްޑޫގައި މަޝްރޫއެއް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް


މިއަދު ބަހާލާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން މިއަދު ހަވާލުކުރަނީ

6 ނޮވެންބަރު 2025 - 09:16 0

ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު ބާއްވާ ރަސްމިއްޔާތުގައި 725 ހައުސިން ޔުނިޓު އަޅަން ހަވާލުކުރާކަން އެނގިއްޖެ އެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ 206 މަޝްރޫއުއެއްގައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ސޮއިކުރެ އެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ހައުސިން ޔުނިޓު އަޅަން ހަވާލުކުރަނީ 12 ރަށެއްގަ އެވެ. އެއީ ހުރިހާ ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓެވެ. މި މަޝްރޫއުތަކުގެ އަގަކީ 947 މިލިއަން ރުފިޔާ އެވެ.

މިއަދު ހަވާލުކުރާ ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުތައް އަދި ހަވާލުކުރާ ކުންފުނިތައް

  • ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު އެޅުމަށް ގްލަޓް އިންވެސްޓްމަންޓްސް އަށް
  • ދ. މީދޫގައި 25 ހައުސިން ޔުނިޓު އެޅުމަށް އަލްޓެކް މޯލްޑިވްސް އަށް
  • މ. މުލަކުގައި 50 ހައުސިން ޔުނިޓު އަޅަން އޮކްސްރޯ އަށް
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު އަޅަން އަލްޓެކް މޯލްޑިވްސް
  • ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު އަޅަން މިމްސް ކޮންސްޓްރަކްޝަން
  • ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު އަޅަން ވޭވްލެންތު އަށް
  • ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު އަޅަން ސްވިފްޓު އިންޖިނޭރިން އަށް
  • ލ. ގަމުގައި 100 ހައުސިން ޔުނިޓު އަޅަން އަލްފާފް އަށް
  • ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އަޅަން ވައިޓް ލިންކްސް އަށް
  • ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން އަލްޓެކް މޯލްޑިވްސް އަށް
  • ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ފްލެސިންކް އަށް
  • ދ. ކުޑަހުވަދޫގައި 25 ހައުސިން ޔުނިޓު އަޅަން ފްލެސިންކް އަށް

ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.

އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި މަޝްރޫއުތަކެއް ބަހާލަން ނިންމީ ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެވެ.

ނަމަވެސް، މުއިއްޒު ރޭ ވިދާޅުވީ މަޝްރޫއުތައް ހަވާލު ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މަޝްރޫއުތައް ލަސް ވަނީ ވެސް

ސަރުކާރުގެ މާލީ ހާލަތު ގޯސްވެ، ދަރަނި ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ކައުންސިލްތަކުގެ އިންތިހާބު ބޯމަތީގައި އޮތުމުން މި މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ސަރުކާރުގެ ގެރެންޓީއަށް ބީއެމްއެލްއިން އެ ކުންފުނިތަކަށް ލޯނު ދޫކޮށްގެންނެވެ.