Advertisement

އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

18 ޖުލައި 2025 - 21:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

18 ޖުލައި 2025 - 21:03 0

އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެފަދަ މަގާމުތަކުގެ ތެރޭގައި އާއިލީ މެންބަރުން، ޓީޗަރުން އަދި އެހެނިހެން ބެލެނިވެރި މަގާމުތައް ހިމެނެ އެވެ.

އެ މައްސަލައިގެ ރިޕޯޓު ކޮށްފައި ވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ." ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި، އެ ކުއްޖާގެ މައުލޫމާތު ސިއްރު ކުރުމުގެ ގޮތުން ފުލުހުން ރަށް ހާމައެއް ނުކުރެ އެވެ. އަނިޔާ ލިބޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ވެސް ހިލާފު ކަމެކެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިދިޔަ މޭ މަހު ވެސް އެފަދަ މައްސަލައެއް ފެންމަތިވި އެވެ. އެފަހަރު ފެންމަތިވީ 17 އަހަރުގެ ކުއްޖަކަށް އުތުރުގެ ރަށެއްގައި ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެކެވެ.