Advertisement

ޓެކްސް ބޮޑުކޮށް އާމްދަނީ އިތުރުކުރިޔަސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: އައްބާސް

18 ޖުލައި 2025 - 09:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޓެކްސް ބޮޑުކޮށް އާމްދަނީ އިތުރުކުރިޔަސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: އައްބާސް

18 ޖުލައި 2025 - 09:44 0

ޓެކްސް ބޮޑުކޮށް އާމްދަނީ އިތުރުކުރިޔަސް މި ސަރުކާރުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު 20.20ރ. އަށް އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޑޮލަރުގެ އަގު އެ ހިސާބަށް ދިޔައީ ރައްޔިތުންގެ މަޖިލީހުން ކޮން ގާނޫނެއް ފާސް ނުވެގެންތޯ؟ އާއި ދައުލަތުގެ ކޮން މުއައްސަސާއެއްގެ ބާރު ނުލިބިގެންތޯ؟ އައްބާސް ވަނީ ސުވާލު އުފައްދައިފަ އެވެ.

އޭނާ އިޝާރާތް އެ ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވި ގޮތަށް ޑޮލަރު އާމްދަނީން 20 ޕަސެންޓު ބޭންކުތަކަށް މާރުކަން މަޖުބޫރު ކުރުމާއި، އެކަން ތަންފީޒުކުރަމުން ގެންދިޔުމާއި، ޓެކްސްތައް ބޮޑުކުރުމަށް ގާނޫނަށް ގެނައި ބަދަލުތަކަށެވެ. އަދި ހުރިހާ މުއައްސަސާއެއްގެ ބާރު މި ސަރުކާރަށް އޮތް ކަމުގެ މައްޗަށެވެ.

"ސަރުކާރުގެ ބަހުން ނަމަ ގައުމަށް އަންނަ ޓޫރިސްޓުން އެއް ދުވަހުން އަނެއް ދުވަހަށް ވަނީ އިތުރު. ހުރިހާ ކުންފުނިތަކެއްވެސް ހިނގަމުންދަނީ ވަރަށް ބޮޑުތަނުން ސާފު ފައިދާގައި. އެއާޕޯޓު ޓެކްސްތަކާއެކު ސަރުކާރުން ބޭނުންވި ހުރިހާ ޓެކްސްތަކެއް ވަނީ ބޮޑުކުރެވިފައި. ސަރުކާރުގެ ބަހުން ނަމަ އެތަކެއް މިލިއަން ރުފިޔާއިން ދައުލަތުގެ އާންމުދަނީ ވަނީ އިތުރު. މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތުމަކީ ހިތާމަކުރާ ކަމެއް،" އައްބާސް ވިދާޅުވެފައިވެ އެވެ.

އާފަލެއްގެ އަގު 9.50ރ. އަށް އުފުލިފައިވާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ތަކެތީގެ އަގު މި ހިސާބަށް ގޮސް ރައްޔިތުން ހަނާ ވާއިރު، ވަކި މީހަކު ރުއްސުމަށްޓަކައި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.

"ރައްޔިތުން ހައްލަން ޕާޓީ ކުދިނަށް 8000 ރުފިޔާގެ ވަޒީފާ އެއް ދެއްވީމަ އެބައި މީހުންގެ އަނބިދަރިން ގޮވައިގެން ބަޑުފުރާ މުއްތި ކޮށްގެން ދިރިއުޅުމުގެ ހަރަދު ބަރަދު ކުރެވޭނެތޯ؟" އައްބާސް ވިދާޅުވި އެވެ.

ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލި، މި ހަފުތާގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.20ރ އަށް އަރާފައިވެ އެވެ.

މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. އޭރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ.