Advertisement

ކަރެކްޝަންސްގެ ކްލަބް ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވި އޭސީޕީ އާސިފް ވަކިކޮށްފި

17 ޖުލައި 2025 - 23:39 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު: ހިޔާނާތުގެ ތުހުމަތު އަމާޒުވެ ސަސްޕެންޑުކުރިތާ އަށް މަސް ފަހުން މަގާމުން އޭނާ ވަނީ ވަކިކޮށްފައި --- ފޮޓޯ: ޕްރިޒަންސް


ކަރެކްޝަންސްގެ ކްލަބް ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވި އޭސީޕީ އާސިފް ވަކިކޮށްފި

17 ޖުލައި 2025 - 23:39 1

މޯލްޑިވްސް ކަރެކްޝަންސްގެ މުވައްޒަފުންގެ އިތުރު ހަރަކާތްތައް ހިންގާ ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވެފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު މަގާމުން ވަކިކޮށްފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަދަދު އަށް ވިދާޅުވީ އާސިފް މަގާމުން ވަކިކުރީ ކަރެކްޝަންސް އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އަދި އިތުރު ތަފްސީލެއް ޔުސްރީން ނުދެއްވަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތީ ޕްރިޒަންސް ކްލަބުގެ ބަޖެޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެކެވެ. އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އާސިފްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގައި އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ އަށް މަސް ފަހުންނެވެ.

އާސިފްގެ މައްސަލަ ފެންމަތިވުމާއެކު، އޭނާގެ މައްޗަށް ހިންގާ ތަހުގީގު އަވަސް ކުރުމަށް އެދި ކަރެކްޝަންސްގެ 35 އޮފިޝަލަކު ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް އޭރު ހުށަހަޅާފަ އެވެ.