Advertisement

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަސްޓަމާ ސަޕޯޓް ހިދުމަތްތައް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

16 ޖުލައި 2025 - 14:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބިދޭސީންތަކެއް ކުރަނީ -- ފޮޓޯ: އަދަދު ފައިލް


ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަސްޓަމާ ސަޕޯޓް ހިދުމަތްތައް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

16 ޖުލައި 2025 - 14:27 0

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެެރިންނާ ގުޅޭ ކަސްޓަމާ ސަޕޯޓު ހިދުމަތްތައް ހޯމް މިނިސްޓްރީގެ ދަށަށް ރަސްމީކޮށް މިއަދު ބަދަލުކޮށްފި އެވެ.

ޓްރޭޑްނެޓް މޯލްޑިވްސްއިން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ލޭބާ ޑިޕާޓުމެންޓާ ގުޅުމަށް މީގެ ކުރިން ވަންގަވް ކޯލް ސެންޓަރުގައި ގާއިމު ކޮށްފައިވާ ވަކި އެކްސްޓެންޝަން ބޭނުން ކުރެވުނު ނަމަވެސް މިއަދުން ފެށިގެން އެ ޑިޕާޓުމެންޓާ ގުޅޭނީ 1485 ނަންބަރުން ކަމަށެވެ.

އޭގެ އިތުރުން ވަންގަވް ސަޕޯޓު ސެންޓަރު މެދުވެރިކޮށް މީގެ ކުރިން ދެމުންދިޔަ ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ވޯކްއިން ސަޕޯޓު ހިދުމަތްތައް ދެން ލިބޭނީ ވޯޓާފްރަންޓު ބިލްޑިންގައި ގާއިމު ކޮށްފައިވާ އާ ސަޕޯޓު ސެންޓަރުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ވޯޓާ ފްރަންޓު ބިލްޑިންއަކީ ސީޕްރިއާގެ އޮފީސް ހުންނަ އިމާރާތެވެ. އެ އިމާރާތް ހުންނަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.

ޓްރޭޑްނެޓް މޯލްޑިވްސްއިން ބުނީ އެ ބަދަލު ގެނައީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް އިތުރަށް ހަލުވިކަމާއެކު ފުރިހަމައަށް ޖަވާބުދާރީވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީއަށް ގުޅުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.