Advertisement

ޓާމިނަލްގެ އެއްބައި ހުޅުވަން ބޭކާރު ހަރަދު ކުރުމަށްވުރެ ބާކީބައި ނިންމުން މާމުހިންމު ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

16 ޖުލައި 2025 - 13:24 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަދަދުގެ ޕްރޮގްރާމެއްގައި ފައްޔާޒް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ޓާމިނަލްގެ އެއްބައި ހުޅުވަން ބޭކާރު ހަރަދު ކުރުމަށްވުރެ ބާކީބައި ނިންމުން މާމުހިންމު ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

16 ޖުލައި 2025 - 13:24 1

އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ބޭކާރު ހަރަދު ކުރުމަށްވުރެ އެތަނުުގެ ނުނިމި ހުރި ބައި އެއްކޮށް ނިންމުން މާމުހިންމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓު ތަރައްގީކޮށް ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރީ ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް އެކަން ކުރެވޭ ގޮތަށް ކަމަށެވެ.

ނަމަވެސް ދެން އައި ޕީޕީއެމްގެ ވެރިކަމުން އެ އެއްބަސްވުން އުވައިލުމުން 60 ބިލިއަން ޑޮލަރުގެ ގެއްލުން ދިވެހި ދައުލަތަށް ވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އިގުތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ގެއްލުމަކީ ކާމިޔާބެއްގެ ގޮތުގައި ހަމަ ފާހަގަ ކުރަންވީތޯ އެވެ؟ އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު އެ ބޭކާރު ހަރަދަށްވުރެ އެއާޕޯޓު ހަގީގަތުގައި ވެސް އެކުގައި ނިންމުން މާމުހިންމު ނޫންތޯ؟،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ ހަރަދެއް ކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ. އެ މަސައްކަތުގެ ބޮޑުބައި ފުރިހަމަ ކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.