Advertisement

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

16 ޖުލައި 2025 - 10:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޗްއާރްސީއެމްގެ މެންބަރުން


އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

16 ޖުލައި 2025 - 10:19 0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެޗްއާރްސީއެމްގެ ދެ މެންބަރުންގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ޖުލައި 30، ވާ ބުދަ ދުވަހުގެ 12:00 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖޫން 24، ގައި ވެސް ރައީސް އޮފީހުން ހުޅުވާލި އެވެ. އެފަހަރު ފުރުސަތު ހުޅުވާލީ ޖުލައި 9، ގެ ނިޔަލަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޖޫން 24، ގައި ހުޅުވާލުމުން ބައެއް ބޭފުޅުން ކުރިމަތިލި އެވެ. ނަމަވެސް ރައީސް އޮފީހުން އެކަމާ ގުޅޭ މައުލޫމާތު ހާމަނުކުރާތީ ކުރިމަތިލީ ކިތައް ބޭފުޅުން ކަމެއް ނޭނގެ އެވެ.

އޭގެއިތުރުން، އެޗްއާރްސީއެމްގެ މެންބަރުކަމަށް އަލުން ހުޅުވާލި ސަބަބެއް ވެސް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވަނީ އެ ކޮމިޝަނުގެ ނައިބުރައީސް މޫމިިނާ ވަހީދު އަދި އާމިނަތު ޝިފާތު އަބްދުއް ރައްޒާގުގެ އެވެ.