Advertisement

ޔަމާލްގެ އުފަން ދުވަސް ފާހަގަކުރި ޕާޓީގެ މައްސަލައެއް ތަހުގީގު ކުރަނީ

16 ޖުލައި 2025 - 07:28 0


ޔަމާލްގެ އުފަން ދުވަސް ފާހަގަކުރި ޕާޓީގެ މައްސަލައެއް ތަހުގީގު ކުރަނީ

16 ޖުލައި 2025 - 07:28 0

ބާސެލޯނާ (ޖުލައި 16) - ބާސެލޯނާގެ ފޯވާޑް، ލަމީން ޔަމާލް އަށް 18 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޕާޓީގައި ހިނގައިދިޔަ ކަންތައްތަކެއް ސްޕެއިންގެ މިނިސްޓްރީ އޮފް ސޯޝަލް ރައިޓްސް އިން ބަލަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ޔަމާލްގެ އުފަން ދުވަސް ބާއްވާފައިވަނީ، ސްޕެއިނުގެ ކުޑަ އަވަށެއްގަ އެވެ. މި ޕާޓީގައި ސްޕެއިނުގެ އިންފްލުއެންސަރުންނާއި ޔޫޓިއުބަރުންގެ އިތުރުން، ބާސެލޯނާގެ ކުޅުންތެރިން ބައިވެރިވި އެވެ. ރިޕޯޓްތައް ބުނާގޮތުން، މި ޕާޓީގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަަކަށް ޔަމާލްގެ ފަރާތުންވަނީ، ޑްވާފިޒަމް ހުންނަ ފަރާތްތަކެއް ދައުވަތުދީގެން ގެންގޮސްފަ އެވެ. މިއީ، ސްޕެއިނުގެ ގާނޫނުގައި މަނާކޮށްފައި އޮތް ކަމެކެވެ.

މި ކަމާ ގުޅިގެން، ސްޕެއިނުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިންސާނީ ހަންގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، އަޑީން ބީބީސީ އަށް ބުނެފައިވަނީ، ޔަމާލްގެ ޕާޓީގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އަންގައި، މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.

އެކަމަކު، އެ ޕާޓީ އަށް ދައުވަތު ދީގެން ދިޔަ، ޑްވާފިޒަމްގެ ފަރާތަކާ ހަވާލާދީ މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޕާޓީގައި އެ މީހުންނަށް މަލާމަތް ރައްދުވާ ވަރުގެ ކަންތައްތަކެއް ހިނގާފައިނުވާ ކަމަށެވެ.

ބާސެލޯނާގެ ތަރުޖަމާނު މީޑިއާގައި ބުނެފައިވަނީ، މި ދެކެވޭ ވާހަކައާ ގުޅޭގޮތުން، ރަސްމީ ސިފައެއްގައި ކްލަބަށް މީޑިއާގައި ޖަވާބުދެވެން ނެތް ކަމަށެވެ. އެކަމަކު، މި ކަމުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވާ އެއްބާރުލުން، ގަވާއިދުތަކާއި އިުސޫލުތަކުގެ ތެރެއިން ދެމުންގެންދާނެ ކަމަށެވެ.