Advertisement

ހުލާސާކޮށް އިއްޔެ: ފޭކު ޕްރިންސްއާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ހަލީލު މަޖިލީހަށް ވަޑައިނުގަތުން

15 ޖުލައި 2025 - 06:37 0

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ހެދިގެން ރާއްޖެ ވަޑައިގެންނެވި ފަހުދު ސައުދު އަލް ޝަލަންއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ފޭކު ޕްރިންސްއާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ހަލީލު މަޖިލީހަށް ވަޑައިނުގަތުން

15 ޖުލައި 2025 - 06:37 0

ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އާއި ސުވާލުކުރަން ތާވަލު ކުރި ނަމަވެސް "އުޒުރެއް" ދެއްކެވުމަށް ފަހު މަޖިލީހަށް ވަޑައިނުގަތެވެ.

މިނިސްޓަރު ހަލީލުއާ ސުވާލު ކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.

ޖަލްސާ ފަށަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ އެހެން މަސައްކަތެއް ކުރަން ޖެހޭ ވަގުތާއި ޖަލްސާއަށް ހާޒިރުވާން ޖެހޭ ވަގުތާ ދިމާވާތީ، މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

"ވީމާ ދެން އެންމެ އަވަހަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާ ކުރިއަށްދާ ވަގުތު ވަޒީރު ކުރައްވަނީ ރަސްމީ ކޮން މަސައްކަތެއް ކަމެއް ނޭނގެ އެވެ. ފޮރިން މިނިސްޓްރީގައި އެ ވަގުތު ރަސްމީ ހަފުލާއެއް، އަދި ވަޒީރު ހާޒިރުވާން ޖެހޭ ރަސްމީ ކަމެއް އޮތް ކަމަށް މައުލޫމާތެއް ނުލިބެ އެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ސައުދީ ޝާހީ އާއިލާގެ ބޭފުޅަކަށް ހެދިގެން ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ.

އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫންކަމަށް އޭރު ވެސް ނޫސްތަކުން ބުންޏެވެ.

ނަމާދު ވަގުތު

  • ފަތިސް 04:43
  • އިރުއަރާ 06:00
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު