Advertisement

އެއާޕޯޓު ޓާމިނަލް ހުޅުވަން ބާއްވާ ޑްރޯން ޝޯގައި ރައީސް މުއިއްޒުގެ މޫނު ދައްކާ ކަމަށް ބުނެފި

14 ޖުލައި 2025 - 11:47 7

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެއާޕޯޓު ޓާމިނަލް ހުޅުވަން ބާއްވާ ޑްރޯން ޝޯގައި ރައީސް މުއިއްޒުގެ މޫނު ދައްކާ ކަމަށް ޕީއެންއެފް އިން ބުނެފި --- ފޮޓޯ: ރައީސް އޮފީސް


އެއާޕޯޓު ޓާމިނަލް ހުޅުވަން ބާއްވާ ޑްރޯން ޝޯގައި ރައީސް މުއިއްޒުގެ މޫނު ދައްކާ ކަމަށް ބުނެފި

14 ޖުލައި 2025 - 11:47 7

މި އަހަރުގެ މިނިވަން ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ފަސިންޖަރުންގެ ޓާމިނަލް ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ކުރިއަށް ގެންދަން ރާވާފައިވާ ޑްރޯން ޝޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޫނު ފެންނަ މަންޒަރު ދައްކާ ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) އިން ތުހުމަތުކޮށްފި އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލް ހުޅުވުމަކީ ބޮޑު ހަރަދުކޮށް، އެތައް މިލިއަން ރުފިޔާގެ އިވެންޓެއް ބާއްވަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ކީއްކުރަން ޝުޖާއު ކުންފުންޏަށް ފަޔާ ވޯކަށް. މުއިއްޒުގެ މޫނު ދައްކަން ޑްރޯން ޝޯއެއް. އަނެއް ކަމެއް ކުރަން. މިއީ ވައްކަން ކުރެވޭތީ މި ހުރިހާ ކަމެއް ކުރަނީ،" މަލީހު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ރޭ ބާއްވާ ޑްރޯން ޝޯގައި ރައީސްގެ މޫނު ދައްކާ ކަމަށް ސޯޝަލް މީޑިއާގައި އަދި ތުންތުން މަތިން ވެސް ވާހަކަދެކެވިފައިވެ އެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

އެއާޕޯޓު ހުޅުވަން ބާއްވާ ރަސްމިއްޔާތަށް އެތަން ޒީނަތްތެރި ކުރުމަށް އަދި ރަސްމިއްޔާތުގެ ތެރެއިން އެކި ކަންކަން ކުރުމާއި އެހެނިހެން އިންތިޒާމުތަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކުރާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މި ތުހުމަތުތަކާ ގުޅޭގޮތުން ވެސް އެމްއޭސީއެލް އިން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ހަރަދުކޮށް ޖުލައި 26، ގައި ހުޅުވަނީ ޓާމިނަލުގެ އެއްބަޔެވެ. މުޅި ޓާމިނަލް އޮޕަރޭޝަނެއް ގެނެވޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ މި އަހަރުގެ ޓޫރިޒަމް ހައި ސީޒަނަށެވެ. މި ޓާމިނަލާއެކު މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް ގުނައަކުން ކުރިއެރުން ލިބޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.