Advertisement

ކޮރަޕްޝަނުގެ ސަބަބުން ހަރާބުވެފައި އޮތް އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސް އަށް ބަދަލުކޮށްފި

13 ޖުލައި 2025 - 21:06 0

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ:


ކޮރަޕްޝަނުގެ ސަބަބުން ހަރާބުވެފައި އޮތް އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސް އަށް ބަދަލުކޮށްފި

13 ޖުލައި 2025 - 21:06 0

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ސަބަބުން ހަރާބުވެފައި އޮތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑުގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލު ކުރީ ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ. އެމްއެމްޕީއާރްސީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމުގެ ޒިންމާ އޮތް ކުންފުންޏެވެ.

ވިޒިޓް މޯލްޑިވްސްއަކީ ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރްސީ އިން މިހާރު ވެސް ބޭނުންކޮށް އުޅޭ ޝިއާރެކެވެ. އެމްއެމްޕީއާރްސީގެ ވެބްސައިޓަށް ވެސް ކިޔަނީ ވިޒިޓް މޯލްޑިވްސް އެވެ.

އެމްއެމްޕީއާރްސީގެ ނަން ކިލަނބުވީ 2014 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ހިންގަމުން އައި ބޮޑެތި ކޮރަޕްޝަންތަކުގެ ސަބަބުންނެވެ. އެ ކޮރަޕްޝަންތަކުން 90 މިލިއަން ޑޮލަރު ދައުލަތަށް ގެއްލުނެވެ.

އެމްއެމްޕީއާރްސީ އިން ގެއްލުވީ ފަތުރުވެރިކަން ތަރައްގީ ކުރަން ކަމަށް ބުނެ ރާއްޖޭގެ ރަށްތައް ވިއްކުމާއި ކުއްޔަށް ދިނުމަށްފަހު ލިބުނު ފައިސާ އެވެ. ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ތަފާތު އެކި ޖަރީމާތައް ހިންގުމަށް ފަހުން އެ ފައިސާ ބޭނުންކޮށްފައިވެ އެވެ.

އެކި ގޮތް ގޮތަށް މަސައްކަތްކޮށްގެން ގާތްގަނޑަކަށް 59 ރަށާއި ފަޅު އެމްއެމްޕީއާރްސީ އިން ވިއްކި އެވެ. އެ ހުރިހާ ފައިސާއެއް ކޮރަޕްޝަނުން ގެއްލުވައިލީ އެވެ. އަދި މިހާތަނަށް ގެއްލުނު ފައިސާއިން އެއްވެސް މިންވަރެއް ފެނިފައެއް ނުވެ އެވެ.