Advertisement

ޒަކަރިއްޔާގެ ހަށިގަނޑު ގދ. ގަމަށް ލައްގާފައި އޮއްވައި ފެނިއްޖެ

13 ޖުލައި 2025 - 12:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގދ. ގަން: އެ ރަށަށް ޒަކަރިއްޔާގެ ހަށިގަނޑު ލައްގާފައި އޮއްވައި ވަނީ ފެނިފައި -- ފޮޓޯ: އަބީދު


ޒަކަރިއްޔާގެ ހަށިގަނޑު ގދ. ގަމަށް ލައްގާފައި އޮއްވައި ފެނިއްޖެ

13 ޖުލައި 2025 - 12:38 0

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ޒަކަރިއްޔާ މުހައްމަދު، 79 ގެ ހަށިގަނޑު ގދ. ގަމަށް ލައްގާފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޒަކަރިއްޔާގެ ހަށިގަނޑު ގަމުގެ ދެކުނު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:43 ހާއިރު ކަމަށެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ދަތުރުކުރި ޑިންގީ ފެނުނީ ގދ. ގައްދޫ އާއި ގދ. ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ފެނުނީ އިއްޔެގެ ވަގުތެއްގަ އެވެ.

ބުރާސްފަތި ދުވަހު ހެނދުނު ޒަކަރިއްޔާ ގދ. ގައްދޫ އިން ގަމަށް ޑިންގީއެއްގައި ފުރީ އެކަންޏެވެ. އޭނާގެ ހަބަރެއް ނުވެގެން ރިޕޯޓުކުރީ އެދުވަހު ހަވީރު އެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު 11:15 ހާއިރު ޒަކަރިއްޔާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޒަކަރިއްޔާ ހޯދުމަށް ވައިގެ މަގުން އަދި ކަނޑު މަގުން އެމްއެންޑީއެފް އިން ބޮޑު ސަރަހައްދެއް ބެލި އެވެ.

ޒަކަރިއްޔާ ގެއްލިފައި ވަނީ ދެކުނަށް މޫސުން ވަރަށް ގޯސްވި ވަގުތެއްގަ އެވެ. އެގޮތުން އެވަގުތު އޮތީ އެ ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ