Advertisement

އަބްދުއްރަހްމާން މަރާލީ ވަރަށް ލާއިންސާނީކޮށް، ހަމަލާ ދީފައި އޮތީ ބޮލަށް!

13 ޖުލައި 2025 - 09:55 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހްމާން ދިރިއުޅުނު ގެ ކައިރީގައި ފުލުހުންގެ ޓޭޕެއް ދަމާފައި: އެ ގޭގައި ދިރިއުޅުނީ އަބްދުއްރަހުމާނުގެ ދެމަފިރިން އެކަނި -- ފޮޓޯ: ފޭސްބުކް


އަބްދުއްރަހްމާން މަރާލީ ވަރަށް ލާއިންސާނީކޮށް، ހަމަލާ ދީފައި އޮތީ ބޮލަށް!

13 ޖުލައި 2025 - 09:55 3

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އަބްދުއްރަހްމާން އާދަމް، 65، މަރާލާފައި ވަނީ ވަރަށް ލާއިންސާނީކޮށް ކަން މި ނޫހަށް އެނގިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލާފައި ވަނީ އޭނާގެ ބޮލަށް ހަމަލާދީ އެވެ. އޭނާގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

"ބޮލަށް ހަމަލާދީފައި އޮތީ، ބޯ އޮތީ ހަމަ ޗިސްވެފައި،" މާޅޮހުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އަބްދުއްރަހްމާން މަރުވީ ރޭ ދަންވަރު އޭނާ ނިދާފައި އޮއްވައި މީހަކު އޭނާއަށް ދިން ޒަހަމުތަކަކާ ގުޅިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ. ނަމަވެސް އޭނާއަށް ހަމަލާ ދިނީ ކާކުކަމެއް އަދި ނޭނގެ އެވެ.

"އއ. މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 01:50 ގައި ފުލުހުންނަށް ލިބުނު. އެ މިހާއަށް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް އެ ރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.