Advertisement

ޒަހަމްކޮށްލާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ

13 ޖުލައި 2025 - 08:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އއ. މާޅޮސް. -- ފޮޓޯ: މޯލްޑިވްސް މެގަޒިން


ޒަހަމްކޮށްލާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ

13 ޖުލައި 2025 - 08:24 1

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މަރުވީ އއ. މާޅޮސް، އޯކިޑުމާގޭ، އަބްދުއް ރަހްމާން އާދަމް، 65 އެވެ.

ފުލުހުން ބުނީ މާޅޮހު ގެއެއްގެ ތެރޭގައި ނިދާފައި އޮތް އެ މީހާ ރޭ ދަންވަރު ސިއްހީ މަރުކަޒަށް ގެންދިޔައީ ދީފައިވާ ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

"އއ. މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 01:50 ގައި ފުލުހުންނަށް ލިބުނު. އެ މިހާއަށް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް އެ ރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.