9 ޑިސެންބަރު 2025 - 14:32 0
އަހުމަދު އާއިދު
9 ޑިސެންބަރު 2025 - 14:32 0
މާލޭގައި އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބު މާރާމާރިއަކަށް ބަދަލުވެ، އެކަކަށް ހަމަލާދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެދުނު 10:00 ހާއިރު ކަމަށެވެ.
މި މައްސަލާގައި ތޫނު އެއްޗަކުން އޭނާގެ ލޯބިވެރިޔާއަށް ހަމަލާދިނީ 32 އަހަރުގެ އަންހެނެކެވެ. ޒަހަމްވީ އެ އަންހެން މީހާގެ 64 އަހަރު ލޯބިވެރިޔާ އަށެވެ. މިއީ ކޮން ގައުމެއްގެއް ދެ މީހުން ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.
އަނިޔާވި ފިިރިހެންމީހާގެ ބުރަކައްޓަށް އަންހެން މީހާ ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. މި މައްސަލާގައި އެތަނުން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
Comment