Advertisement

ރާރާ ޕްރޯގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހަންޓޭ އަށް

12 ޖުލައި 2025 - 21:29 0

ކ. ދިއްފުށި

އަތޫފް އާތިފް

އަތޫފް އާތިފް

ރާރާ ޕްރޯގެ ޗެމްޕިއަން ތައްޓާއެކު ހަސަން މާހިރު (ހަންޓޭ) - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ރާރާ ޕްރޯގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހަންޓޭ އަށް

12 ޖުލައި 2025 - 21:29 0

ކ. ދިއްފުށި

ކ. ދިއްފުށީގައި ކުރިއަށް ދިޔަ ރާރާ ޕްރޯ 2025 ކައިޓް ސާފިން މުބާރާތުގެ ޗެމްޕިއަންކަން ބ. ގޮއިދޫ އަށް އުފަން ހަސަން މާހިރު (ހަންޓޭ) ހޯދައިފި އެވެ.

ހަންޓޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓުގެ އެންމެ މަތިން ނިންމި ހަތަރު ރޭހުގެ ތެރެއިން ތިން ރޭހުން އެއްވަނަ ހޯދާ އެއް ރޭހުން ދެވަނަ ހޯދައިގެންނެވެ. އެއާއެކު ހަންޓޭ އަށް ވަނީ ފައިނަލުގައި ފަސް ޕޮއިންޓް ލިބިފަ އެވެ.

މި މުބާރާތުގެ ދެ ވަނަ އަށް ދިޔައީ ވެސް ގޮއިދޫގެ އެތުލީޓެކެވެ. ދެ ވަނަ އަށް ދިޔަ މުހައްމަދު ރާއިފް ޝަނީޒް (ރާއިއްޕެ) އަށް ފައިނަލުގައި 12 ޕޮއިންޓް ވަނީ ލިބިފަ އެވެ. ރާއިއްޕެ އަކީ މި ފަހަރުގެ މުބާރާތުގެ ބްރޭންޑް އެމްބެސަޑަރު ވެސް މެ އެވެ.

ރާރާ ޕްރޯގެ ވަނަތަކަށް ދިޔަ އެތުލީޓުން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މި މުބާރާތުގެ ތިން ވަނަ އަށް ދިޔައީ ހދ. ވައިކަރަދޫ، ވިސާމް މުހައްމަދު އެވެ. އޭނާ އަށް ފައިނަލުގައި 14 ޕޮއިންޓް ވަނީ ލިބިފަ އެވެ.

މި މުބާރާތުގެ ކާމިޔާބީ އަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ހަންޓޭ ބުނީ ރާރާ ޕްރޯގެ ފުރަތަމަ މުބާރާތުން އެއްވަނަ ލިބުނީމަ އެކަމާ ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އަހަރެއްގެ ތެރޭގައި މި އަށް ވުރެ ގިނަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ހަންޓޭ ބުންޏެވެ.

މިއީ ދިއްފުށީގައި ކައިޓް ސާފިން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި މުބާރާތް އިންތިޒާމުކުރާ އައިކޮނިކް އިވެންޓްސް އިން ބުނީ ދިއްފުށީގައި އަންނަ އަހަރު މި އަށް ވުރެން ފުރިހަމަ އަށް މި މުބާރާތުގެ ދެ ވަނަ އެޑިޝަން ބޭއްވިގެން ދާނެ ކަމަށެވެ.

އެ ގޮތުން، ރޭސިން އިވެންޓްގެ އިތުރުން ފްރީ ސްޓައިލް އިވެންޓް އަންނަ އަހަރުގެ މުބާރާތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އައިކޮނިކް އިވެންޓްސް އިން ބުނެ އެވެ.