Advertisement

ފީނަން އުޅުނު އެމެރިކާ ފަތުރުވެރިޔަކު މަރުވި މައްސަލަ ބަލަނީ

12 ޖުލައި 2025 - 13:18 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފީނަން އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރުން -- ފޮޓޯ: އެމްއެންޑީއެފް


ފީނަން އުޅުނު އެމެރިކާ ފަތުރުވެރިޔަކު މަރުވި މައްސަލަ ބަލަނީ

12 ޖުލައި 2025 - 13:18 1

ފީނަން އެރި އުޅުނު އެމެރިކާ ފަތުރުވެރިޔަކު މިދިޔަ އާދީއްތަ ދުވަހު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން 47 އަހަރުގެ އެމެރިކާއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ މަރުވީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅެނިކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާތީ އޭނާ މަރުވި ހާދިސާ ހިނގައިދިޔައީ ކިހިނެއް ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ރާއްޖޭގައި ހިނގާ ކަނޑުމަތީ ހާދިސާތައް ނިސްބަތުން ގިނައިރު، ހާދިސާތަކުގައި މަރުވާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުކަން ފާހަގަކުރެވެ އެވެ. ފުލުހުން ބުނި ގޮތުގައި، މިދިޔަ އަހަރު ވެސް އެކި ހާދިސާތަކުގައި ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަނޑުމަތީގައި ހިނގި އެކި ހާދިސާތަކުގައި 112 ފަތުރުވެރިން ވަނީ މަރުވެފަ އެވެ.