Advertisement

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ، އޭނާ އަދިވެސް ނުފެނޭ

12 ޖުލައި 2025 - 11:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ: އެ ޑިންގީ ގދ. ގައްދޫ އާއި ގދ. ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރުން އަޑިން ވަނީ ފެނިފައި -- ފޮޓޯ: އެމްއެންޑީއެފް


ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ، އޭނާ އަދިވެސް ނުފެނޭ

12 ޖުލައި 2025 - 11:08 0

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ޒަކަރިއްޔާ މުހައްމަދު، 79 ދަތުރުކުރި ޑިންގީ މިއަދު ހެނދުނު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ދަނިކޮށް އޭނާ ދަތުރުކުރި ޑިންގީ ފެނުނީ ގދ. ގައްދޫ އާއި ގދ. ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރުން އަޑިން ކަމަށެވެ.

"މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ވަނީ ފެނިފައި. މިޑައިވް ކޮށްފައި ވަނި ސިފައިންނާއި ފުލުހުން ގުޅިގެން،" އެމްއެންޑީއެފް އިން ބުންޏެވެ.

ބުރާސްފަތި ދުވަހު ހެނދުނު ޒަކަރިއްޔާ ގދ. ގައްދޫ އިން ގަމަށް ޑިންގީއެއްގައި ފުރީ އެކަންޏެވެ. އޭނާގެ ހަބަރެއް ނުވެގެން ރިޕޯޓުކުރީ އެދުވަހު ހަވީރު އެވެ.

ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު 11:15 ހާއިރު ޒަކަރިއްޔާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށެވެ.

ޒަކަރިއްޔާ ހޯދުމަށް ވައިގެ މަގުން އަދި ކަނޑު މަގުން އެމްއެންޑީއެފް އިން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.

ޒަކަރިއްޔާ ގެއްލިފައި ވަނީ ދެކުނަށް މޫސުން ވަރަށް ގޯސްވި ވަގުތެއްގަ އެވެ. އެގޮތުން އެވަގުތު އޮތީ އެ ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.