Advertisement

ހުލާސާކޮށް އިއްޔެ: ޒަމީރު ވެސް މައުލޫމާތު ހާމައެއް ނުކުރި

10 ޖުލައި 2025 - 06:04 0

ފިނޭންސް މިނިސްޓަރު ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޒަމީރު ވެސް މައުލޫމާތު ހާމައެއް ނުކުރި

10 ޖުލައި 2025 - 06:04 0

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މައުލޫމާތު ހާމަކުރަން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަދަދު ނޫހުން ހުށަހެޅުމުން، ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.

ނަމަވެސް މެއި 3، ގައި ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު އެއް ފަހަރު ވިދާޅުވީ ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހަމަ އެ ރޭ ހާމަ ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން ތަކުރާާރުކޮށް ސުވާލު ކުރުމުން ވިދާޅުވީ، އެ އަދަދު ލިޔުމަކުން ހާމަ ކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރަށް ވެސް ދަންނަވާނަން، ފިނޭންސް މިނިސްޓަރު ލިޔުމުން ތި ބޭފުޅުންނަށް އެ ޖަވާބު ދެއްވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "މިރޭ ދެއްވެން އޮތިއްޔާ މިރޭ ވެސް ދެއްވާށޭ [ދަންނަވާނަން]."

އޭގެ ކުރިން، ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިތޯ އެހެން ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، "ތި މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާކޮށްދޭނަން" ކަމަށެވެ.

ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު މި ނޫހުން ހޯދަން އެދުނު މައުލޫމާތު ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފިނޭންސް މިނިސްޓްރީން ހާމަނުކުރި މައްސަލަ މިހާރު ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ.

މިއަދުގެ މޫސުން


- އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. - ވައިޖެހެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލަށް. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. ވިލާގަނޑުގައި 35 މޭލަށް - ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. އެހެން ހިސާބުގެ ކަނޑުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައި ގަދަވާނެ - ރާޅުގެ އުސްމިން ހުރީ 2-6 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:41
  • އިރުއަރާ 05:59
  • މެންދުރު 12:15
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިންމު ބައެއް ހަބަރު