Advertisement

ސަބަލެންކާއާ ބެހޭގޮތުން މީޑިއާގެ ހެޑްލައިނަށް ޝަރަޕޯވާގެ ނުރުހުން

9 ޖުލައި 2025 - 07:38 0


ސަބަލެންކާއާ ބެހޭގޮތުން މީޑިއާގެ ހެޑްލައިނަށް ޝަރަޕޯވާގެ ނުރުހުން

9 ޖުލައި 2025 - 07:38 0

ލަންޑަން (ޖުލައި 9) - ދުނިޔޭގެ އެއް ވަަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ބެލަރޫސްގެ އަރީނާ ސަބަލެންކާއާ ބެހޭގޮތުން، އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްގައި، ލިޔުނު ލިޔުމެއްގައި ޖެހި ހެޑްލައިނެއްގެ މައްސަލައިގައި ކުރީގެ މަޝްހޫރު ތަރި، ރަޝިޔާގެ މާރިއާ ޝަރަޕޯވާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެ ގޮތުން، "ވޯލް ސްޓްރީޓްސް ޖާނަލް" ގައި ޖަހާފައިވާ ސުރުހީ އަކީ، "ދި ވޯލްޑް ނަމްބަރު ވަން ހޫ ހިޓްސް ސޯ ހާޑް ޝީ ޕްރެކްޓިސަސް އެގެއިންސް މެން" އެވެ.

މި ލިޔުމުގައި ހިމަނާފައިވަނީ، ސަބަލެންކާ، މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތަށް ތައްޔާރުވުމަށް، މަޝްހޫރު ދެ ފިރިހެން ތަރިން ކަމަށްވާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި އިޓަލީގެ ޖަނިކް ސިނާއާ އެކު، ކުރިއަށްދިޔަ ޕްރެކްޓިސްތަކުގައި، ހިނގައިދިޔަ ކަންކަމެވެ.

ސަބަލެންކާ ބުނެފައިވަނީ، އޭނާގެ ވަރުގަދަ ޖެހުންތަކަށް، ފިރިހެން ކުޅުންތެރިން ޕްރެޝަރުގައި ކުޅޭ ގޮތް ދެނެގަނެ، ކުޅުން އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަމަށެވެ. އަދި، މިއީ، އަންހެން ސިންގަލްސް އާއި މިކްސް ޑަބަލްސްގައި ވެސް އޭނާ އަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ސަބަލެންކާ، ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ޖޮކޮވިޗް އާއި ސަބަލެންކާ އެކުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން،---


އެކަމަކު، ވޯލް ސްޓްރީޓްސް ޖާނަލްގެ ސުރުހީ އާއި ސަބަލެންކާ ދައްކާފައި ހުރި ވާހަކައިގެ ޖުމްލަ މާނަ ދިމާނުވާތީ، ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ކުރިން އޮތް ކުރީގެ ކުުޅުންތެރިޔާ، ޝަރަޕޯވާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ ގޮތުން، ޝަރަޕޯވާ، އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގެ އިތުރުން، ރަޝިއާގެ ނޫހަކަށް ބުނެފައިވަނީ، އޭނާ ކުރީގެ މަޝްހޫރު ތަރި، ސެރީނާ ވިލިއަމްސް ވެސް ވަނީ، އޭނާގެ ކުޅުން ވަރުގަދަ ކުރުމަށް ފިރިހެން ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރިއަށްގެންގޮސްފައި ކަމަށެވެ. އަދި، ސެރީނާ ވަނީ، އެ ގޮތަށް މަސައްކަތްކޮށް، ކުޅުމުގެ އިންޓެންސިޓީ ރަނގަޅުކޮށްފައި ކަމަށާއި އެއީ ސަބަލެންކާ އަށް ވެސް ކުރެވޭނެ ކަމެއް ކަމަށް ޝަރަޕޯވާ ވަނީ ބުނެފަ އެވެ.

ސަބަލެންކާ ވަނީ، ވިމްބަލްޑަންގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެއީ، ކުއާޓާ ފައިނަލުގައި، ޖަރުމަނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ލޯރާ ސިއެގުމަންޑް އަތުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ. އުމުރުން 37 އަހަރުގެ ސިއެގުމަންޑް ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، ސަބަލެންކާ މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ، 4-6 6-2 6-4 އިންނެވެ.