Advertisement

އެމްއެމްޕީއާރްސީގެ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖައްސައިފި

7 ޖުލައި 2025 - 15:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއެމްޕީއާރްސީގެ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖައްސައިފި

7 ޖުލައި 2025 - 15:50 0

ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރަކަށް އިންޑިއާގެ ރިއަލިޓީ ޝޯ، ބެޓަލް އޮފް ދަ ބޭންޑްސް އިން ވިދާލި ރާއްޖޭގެ "ޓޫ އޮފް އަސް" މިއުޒިކް ބޭންޑް ހަމަޖައްސައިފި އެވެ.

ލޯކަލް އެމްބެސެޑާޝިޕަށް ޝައުގުވެރިވާ އެންމެން ޕްރޮޕޯޒަލް ތައްޔާރުކޮށް އެ ޕްރޮޕޯޒަލް އެމްއެމްޕީއާރްސީއަށް ހުށަހެޅުމަށް ސޯޝަލް މީޑިއާގައި ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ގެޒެޓް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލިކަން އިއުލާންކުރީ އިއްޔެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ބެޓަލް އޮފް ދަ ބޭންޑްސްގެ ތިންވަނަ ލިބުނު ޓޫއޮފްއަސްއަށް އެމްބެސެޑާޝިޕްކަން ދިނުމަށް އެ ޕްރޮގްރާމަށް ހުޅުވާލުމުގެ ކުރިން އެމްއެމްޕީއާރްސީން ވަނީ ނިންމައިފަ އެވެ.

ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަންނާނުންގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން އެމްއެމްޕީއާރްސީން ފެށި ޕްރޮގްރާމެކެވެ.

"މި ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކުރުމަށް ތައާރަފް ކުރެވުނު ޕްރޮގްރާމެއް،" އެމްއެމްޕީއާރްސީން ބުންޏެވެ.

އެމްއެމްޕީއާރްސީން ބުނީ ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމް ބައިވެރިވާ ފަންނާނުންނަށް އެމްބެސަޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ވިޒިބިލިޓީ އިތުރުވާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން އަދިވެސް އެކަމަށް ކުރިމަތިލުމަށް އެދޭ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. މިގޮތުން [email protected] އަށް ޕްރޮޕޯޒަލްތައް އީމެއިލް ކުރުމަށް އެ ކުންފުނިން އެދެ އެވެ.