Advertisement

މާފަރުގެ އިހުތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

6 ޖުލައި 2025 - 21:53 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނ. މާފަރުގެ އިހުތިސާސުން މިއަދު ވަކިކުރި ފަރުމުލި -- ފޮޓޯ: ގޫގުލް މެޕްސް


މާފަރުގެ އިހުތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

6 ޖުލައި 2025 - 21:53 0

ނ. މާފަރުގެ އިހުތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް އެންޑް އެންވަރަމެންޓު މިނިސްޓްރީން މިރޭ ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ ރިސޯޓު ހަދަން ދޫކުރަނީ 0.41 ހެކްޓަރުގެ ފަރުމުއްޔާއެކު 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދު ކަމަށެވެ. އަދި ފަޅުގެ ސަރަހައްދުން 15 ހެކްޓަރު ހިއްކޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފަރުމުލީގައި ރިސޯޓު ތަރައްގީ ކުރުމުގެ އިއުލާނާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމުގެ ދެ ބައްދަލުވުމެއް ބާއްވަން މިނިސްޓްރީން ނިންމާފައިވެ އެވެ. އެގޮތުން 21، 2025 އަދި އޯގަސްޓު 18، 2025 ގެ ހެނދުނު 10:00 ގައި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން އޮންނާނެ އެވެ.

މައުލޫމާތު ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ މީހުން، ކޮންމެ މައުލޫމާތު ބައްދަލުވުމެއްގެ ވެސް އެއް ދުވަސް ކުރިން، އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، ނަމާއި ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

މައުލޫމާތު ދެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހަޅަން ބޭނުންވާ މީހުން، ބީލަން ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު 10، ގެ ހެނދުނު 10:00 ގެ ކުރިންނެވެ.

މިނިސްޓްރީން ބުނީ މި އަންނަ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 9، 2025 ގެ ނިޔަލަށް، ރަސްމީ ބަންދު. ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ވެލާނާގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އެ މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފަރުމުލީގައި ރިސޯޓު ތަރައްގީ ކުރުމާ ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނާއެކު ހިމަނާފައިވެ އެވެ.