Advertisement

ގައުމީ ވޮލީބޯޅަ ލީގު: ދަޑިމަގު އަތުން ޕޮލިހަށް މޮޅެއް، ހުރާ ބަލިކޮށް ސިފައިން އަށް ރަނގަޅު ފެށުމެއް

6 ޖުލައި 2025 - 13:20 0

ދަޑިމަގު އާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ގައުމީ ވޮލީބޯޅަ ލީގު: ދަޑިމަގު އަތުން ޕޮލިހަށް މޮޅެއް، ހުރާ ބަލިކޮށް ސިފައިން އަށް ރަނގަޅު ފެށުމެއް

6 ޖުލައި 2025 - 13:20 0

ގައުމީ ވޮލީބޯޅަ ލީގުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ޕޮލިސް ކްލަބް މޮޅުވިއިރު، ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް ކުރިހޯދާ ދިވެހި ސިފައިންގެ ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ދެ މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުން ނުކުތީ ދަޑިމަގާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މިއީ މި ދެ ޓީމު ވެސް މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް 3-1 ސެޓުން ހުރާ އަތުން ބަލިވިއިރު، ދަޑިމަގުން މުބާރާތް ފެށީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އެޗްޑީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

ދަޑިމަގުގެ މައްޗަށް ޕޮލިސް ކްލަބް ކުރިހޯދީ ފަސޭހަކަމާއެކުގަ އެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ، 25-14، 25-22 އަދި 25-11 އިންނެވެ.

ހުރާ އާއި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މީގެ އިތުރުން ރޭ ހުރާގެ މައްޗަށް ސިފައިން ކުރިހޯދީ 3-1 ސެޓުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ސެޓުތައް ދިޔައީ 20-25، 25-20، 17-25 އަދި 23-25 އިންނެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ސިފައިން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އެޗްޑީސީ އިން ނުކުންނާނީ ހުރާއާ ދެކޮޅަށެވެ.