Advertisement

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

3 ޖުލައި 2025 - 17:12 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން


ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

3 ޖުލައި 2025 - 17:12 0

މާލޭގެ ގެއެއްގެ ތެރޭގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އިބްރާހިމް ސައީދު، 48، ސުވާސާގެ، ސ. ފޭދޫ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން އެ ދިވެހި މީހާ ރަހީނު ކޮށްފައި ހުރި ތަން މިއަދު ހޯދައި އެތަނަށް ފުލުހުން ގޮސް ރަހީނު ކޮށްފައި ހުރި މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި، އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް،" ފުލުހުން ބުންޏެވެ.

ރަހީނު ކޮށްގެން ގެންގުޅުނު ދިވެއްސަކު މިއަދު ފުލުހުން ސަލާމަތް ކުރިއިރު، ރަހީނު ކޮށްގެން ގެންގުޅުނު ބިދޭސީއަކު ވެސް މިއަދު އެ މުއައްސަސާއިން ވަނީ ސަލާމަތް ކޮށްފަ އެވެ. ނަމަވެސް އެ މީހާއަށް އެއްވެސް ވަރެއްގެ އަނިިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެއް ދުވަހެއްގެ މަތީން ރަހީނުކޮށްފައި ތިބި ދެ މީހުން ފުލުހުން ސަލާމަތް ކުރިއިރު، އެ ދެ ހާދިސާގައި އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.