2 ޖުލައި 2025 - 07:30 5
މުހައްމަދު ޝަހްޒާން
ޑީއެންއާރުގެ އޮފީހުގައި ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ދިޔަ މަންޒަރު -- ފޮޓޯ: ސޯޝަލްމީޑިއާ
2 ޖުލައި 2025 - 07:30 5
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ ފައިލްކުރި މައްސަލަ ބަލައިދޭން މުއައްސަސާތަކަށް ގޮވާލައިފި އެވެ.
ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ނަމުގައި ފުރާފައި އޮތީ ވަގު ފޯމެއްކަން އެނގޭއިރު އެ މައްސަލަ ފައިލް ކުރުމަކީ ސްކޭމް ތަކަށާއި މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ފޯމު ފުރި މީހުންނާއި ހެކިންނާއި ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގަޕްރިންޓް އެނގެން އޮތްއިރު މީން އެއްވެސް ކަމަކަށް ބެލުމެއް ނެތި މައްސަލަ ނިންމާލި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބައްލަވައި ދެއްވުން އެދެން. މި މައްސަލަ އަލުން ބެލުމަށް ޕީޖީ އޮފީހުން އަމުރު ކޮށްދެއްވުން އެދެން. މިމައްސަލަ އަލުން ބެލުމަށް ފުލުހުންގެ އިދާރާ އަށް ގޮވާލަން،" ތޯރިގު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެ މައްސަލަ ނިންމީ ޖިނައީ ދައުވާއެއް އުފުލޭ ވަރުގެ ހެކި ގަރީނާ ލިބިފައި ނެތް ފުލުހުން ބުނެ އެވެ.
"[އިލެކްޝަންސް ކޮމިޝަނުން] ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ 5000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަންގާފައި ވާތީ އާއި މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މި ހިދުމަތުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވިން،" މައްސަލަ ނިންމިކަމުގެ ލިޔުމުގައި ބުނެފައިވެ އެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 22، ގަ އެވެ. އެ ފޯމު އިލެކްޝަނުން ބަލައިގެންއިރު، އެ ފޯމުގައި ޖަހާފައި ވަނީ ވެސް ތޯރިގުގެ ފޮޓޯއެއް ނޫނެވެ. ނަމަވެސް އިލެކްޝަނަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
ވެރިކަން ކުރާ ޕީއެންސީއަށް އެތައް ސަތޭކަ މީހުން ވަގަށް ވެއްދި މައްސަލައިގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި ޕީއެންއެފްގެ މެންބަރުން ވެސް ކަންބޮޑުވުން އޭރު ފާޅުކުރި އެވެ. އެގޮތުން އެމްޑީޕީން ވަނީ އެ ޕާޓީގެ 300 އަށްވުރެ ގިނަ މީހުން ވަގަށް ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ. ޑިމޮކްރެޓްސްގެ 700 އަށްވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވެއްދި މައްސަލަ އެ ޕާޓީން ވެސް ފުލުހަށް ހުށަހެޅި އެވެ.
Comment