Advertisement

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ފަސް ބިދޭސީން ހައްޔަރުކޮށްފި


ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ފަސް ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ހޮސައިން 30، އާއި އެމްޑީ މެހެދި ހަސަން 34، އާއި އެމްޑީ ޝާ އަލަމް 39، އާއި ސާފިފް ހަސަން 38، އާއި ރަސަލް 20، އެވެ.

އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ މިދިޔަ ބުދަ ދުވަހު ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކުރަން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ.

އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.