Advertisement

ގުޅީފަޅުން ބަދަލުކުރި ގޯތިތަކުގެ އާ ރަޖިސްޓްރީ އާއި އާ އެއްބަސްވުމަށް އެދެން ހުޅުވާލައިފި

1 ޖުލައި 2025 - 18:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގުޅީފަޅުން ބަދަލުކުރި ގޯތިތަކުގެ އާ ރަޖިސްޓްރީ އާއި އާ އެއްބަސްވުމަށް އެދެން ހުޅުވާލައިފި

1 ޖުލައި 2025 - 18:21 0

ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ބަދަލުވި މީހުންނަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވާން އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ އަދި އެއްބަސްވުމާ ހަވާލުވާން އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށެވެ.

މިގޮތުން ޖުލައި 7، ގެ ހެނދުނު 09:30 އިން ފެށިގެން އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޕޮއިންޓްމަންޓަސް އެދޭއިރު ހިޔާވެހި ޕޯޓަލްއަށް ހުށަހަޅަން ޖެހޭ ލިޔުންތައް:

  • އައު ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ މީހެއްގެ އައިޑީ ކާޑޫ ކޮޕީ.
  • ގޯތިލިބޭ މީހާ ނުވަތަ މީހުންގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ޕޯޓަލްގައި ހިމެނިފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ މީހާގެ އައިޑީކާޑު ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގަނެވޭނީ، ނޮޓަރައިޒް ކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން).
  • މިނިސްޓްރީ އާއި ގޯތި ލިބޭ މީހާއާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.
  • މިނިސްޓްރީން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ.

ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން ބަދަލުކުރުމާ ގުޅިގެން ގޯތި ލިބިފައިވާތަން ބައެއް މީހުންނަށް ބަދަލުވެފައިވާތީ، އެ މީހުންނަށް ގޯތި ދެން ލިބޭނެތަން ކަނޑައެޅީ މިދިޔަ މެއި 30، ގައި ނެގި ގުރަށްފަހު އެވެ.

މީގެއިތުރުން ގޯތި ލިބޭ މީހުންނަށް ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ގޯތިތައް ލިބުނުތަން ބަދަލުވުމާ ގުޅިގެން އުވުނެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.