Advertisement

އެލިއާގެ 11 ވަނަ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

1 ޖުލައި 2025 - 15:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: މިރަޝް ނާޝިމް / އަދަދު


އެލިއާގެ 11 ވަނަ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

1 ޖުލައި 2025 - 15:17 0

އެލިއާ އިންވެސްޓަމަންޓުން މޯލްޑިވްސް އިންސްޓިޓީއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ހިންގާ 11 ވަނަ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމުގައި 50 ކެޕްޓަނުން ވަނީ ބައިވެރިވެފަ އެވެ.

އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމް އަދަދު އަށް ވިދާޅުވީ ކެޕްޓަނުންނަށް ހިންގާ ޕްރޮގްރާމުގައި އިންޖީނުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތްތައް ކިޔައިދީ މުހިންމު ތަމްރީންތަކެއް ދޭނެ ކަމަށެވެ.

އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ޕްރޮގްރާމުގެ ތެރެއިން ކެޕްޓަނުންނަށް ގިނަ ކަންތައްތައް ދަސްވެ، ފަސިންޖަރުންނަށް ނިޔާމަ ދަތުރެއް ކެޕްޓަނުން ކޮށްދެމުންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: މިރަޝް ނާޝިމް / އަދަދު


ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ތައްޔާރުކޮށްފައިވާ އެ ޕްރޮގްރާމުގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެކި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވި އެވެ.

ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވާ ކެޕްޓަނުންނަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓު ދޭނެ އެވެ.

ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވަނީ ނިންމައިފަ އެވެ.

އެލިއާއިން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން މި އަހަރު ރާއްޖޭގައި ހިންގަން ރާވާފައިވާ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.