Advertisement

ތިލަމާލެ ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ޕައިލިން މަސައްކަތް ނިމިއްޖެ

1 ޖުލައި 2025 - 13:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތިލަމާލެ ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ޕައިލިން މަސައްކަތް ނިމިއްޖެ

1 ޖުލައި 2025 - 13:19 0

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލެ ބްރިޖު) ގެ ޕައިލިން މަސައްކަތްތައް ނިމިފައިވާ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު ވިދާޅުވީ ވެރިރަށް މާލެ އާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލުމުގެ އެ މަޝްރޫއުގެ ދަށުން 68 ސަރަހައްދެއްގައި 263 ޕައިލް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މަޝްރޫއުގައި ހިމެނޭ އެންމެ އުނދަގޫ މަސައްކަތުގެ ތެރޭގައި ހިމެނޭ ޕައިލިން މަސައްކަތް ނިމުމާއެކު، މުޅި މަޝްރޫއުގެ 60.84 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ޓައިމްލައިނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިގޮތުން ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާޗު 31، 2026 ގަ އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 30، 2026 ގަ އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު އެފްކޮންސްއިން އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ގުޅުވާލާ ބްރިޖުގެ މަސައްކަތް ނިންމައި މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.