Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ޕާޓްނަރުން ކަނޑައަޅައި ސޮއިކުރަން ފަށައިފި

30 ޖޫން 2025 - 22:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގެސްޓު ހައުސް ސިމްޕޯސިއަމްގެ ޑިޖިޓަލް ޕާޓުނަރު ދިރާގުއާއެކު އެމްއައިބީން ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އެމްއައިބީ


އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ޕާޓްނަރުން ކަނޑައަޅައި ސޮއިކުރަން ފަށައިފި

30 ޖޫން 2025 - 22:47 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މިއަހަރު ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމްގެ ބައެއް ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

އެމްއައިބީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިމްޕޯސިއަމްގެ ޑިޖިޓަލް ޕާޓްނަރު، ދިރާގު އަދި އިވެންޓް ޕާޓްނަރު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ވަނީ ސޮއިކޮށްފި އެވެ. މިދިޔަ އަހަރު ސިމްޕޯސިއަމްގެ ޕާޓްނަރުންގެ ގޮތުގައި ވެސް ދިރާގު އަދި ގެސްޓްހައުސް އެސޯސިއޭޝަން ހިމެނުނެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލިމަނިކު ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމްއިން އެ ދާއިރާގެ އެންމެން އެއްތަނަކުން ބައްދަލުވެ، ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

އެހެންވެ ސިމްޕޯސިއަމްގައި ބައިވެރިވެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ. މިފަހަރު ވެސް އިވެންޓު އޮންނާނީ އޮކްޓޯބަރު 2، ގައި ކްރޮސްރޯޑުގަ އެވެ.

އެމްއައިބީގެ ޗީފް ބިޒްނަސް އޮފިސަރު، ހައްމާދު ރަޝީދު ހުސައިން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ބޭނުމަކީ ގެސްޓްހައުސް ވިޔަފާރީގައި ހިމެނޭ ހުރިހާ އެންމެން އެއްތަނަކުން ބައްދަލުވެ، އެއްބަޔަކު އަނެއް ބައެއްގެ ތަޖުރިބާ ހިއްސާކޮށް ގުޅުން ބަދަހި ކުރުމަށް ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށެވެ.

މިދިޔަ އަހަރު އެންމެ ފުރަތަމަ ބޭއްވި އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް ކޮންމެ އަހަރަކު ބާއްވަން ވަނީ ނިންމާފަ އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްއަކީ ގެސްޓްހައުސް ވިޔަފާރިތަކަށް އެއްފުރާޅެއްގެ ދަށުން ގިނަ ކަންކަމާއި މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ ގޮތަށް ފަރުމާ ކުރެވިގެން ކުރިޔަށް ގެންދާ ސިމްޕޯސިއަމެކެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެބޭންކުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ރާއްޖޭގެ ބޭންކިން ނިޒާމަށް އިންގިލާބީ ބަދަލު ތަކެއް ގެންނަމުންނެވެ.