Advertisement

ކޮޅުވެއްޓި ފުރުވާލުމަށް އެއްވެސް ފަރާތަކުން ކެޕްޓަނަށް މަޖުބޫރެއް ނުކުރާނެ: އެމްއެންޑީއެފް

30 ޖޫން 2025 - 20:19 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ ހަފުތާގައި ބަންޑުން ޖަހާލި އެމްއެންޑީއެފްގެ ކޮޅުވެއްޓި -- ފޮޓޯ: އެމްއެންޑީއެފް


ކޮޅުވެއްޓި ފުރުވާލުމަށް އެއްވެސް ފަރާތަކުން ކެޕްޓަނަށް މަޖުބޫރެއް ނުކުރާނެ: އެމްއެންޑީއެފް

30 ޖޫން 2025 - 20:19 2

މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓު ބަންޑުންޖަހާލީ ދިޔަވެގެން އަރިއަޅާލި ވަގުތު ހަމަ ކުއްލިއަކަށް ކަމަށާއި ލޭންޑިން ކްރާފްޓު ބަރު ކުރުމާއި ފުރުވުމަށް އެއްވެސް ފަރާތަކުން ކެޕްޓަނަށް މަޖުބޫރު ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދިނުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖުގައި ބުނީ ލޭންޑިން ކްރާފްޓަށް އެއްވެސް އެއްޗެއް ބަރު ކުރެވޭނީ ވެސް އަދި އެއްވެސް ބަނދަރަކުން ފުރޭނީ ވެސް އެގޮތަށް ކެޕްޓަން ނިންމުމުން ކަމަށެވެ.

"ލޭންޑިން ކްރާފްޓަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަނުގެ ބެލުމުގެ ދަށުންނެވެ، އަދި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށެވެ، އެހެންކަމުން އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންްގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ އެވެ،" އެމްއެންޑީއެފްގެ މެސެޖުގައި ބުންޏެވެ.

އެމްއެންޑީއެފުން އެހެން ބުނެފައި މިވަނީ ސިވެކްގެ ކޮޅުވެއްޓިއަކީ ދިޔަވާ އުޅަނދެއް ކަމަށާއި އެ އުޅަނދު ބަރުކޮށްގެން ފުރީ އެ ދަތުރު ކުރުމަށް ކެޕްޓަން އިންކާރު ކޮށްފައި ވަނިކޮށް ސިވެކްގެ އިސްވެރިންގެ ޕްރެޝަރުގެ ސަބަބުން ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ.

އެމްއެންޑީއެފުން ބުނީ ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ޅ. އަތޮޅާއި އެއް މޭލު ދުރުން ކަމަށެވެ.