30 ޖޫން 2025 - 09:15 0
ދަޑިމަގާއި ސިޓީން ވާދަކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ
30 ޖޫން 2025 - 09:15 0
ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ޕޮލިސް ކްލަބުން އުނދަގޫ މޮޅެއް ހޯދިއިރު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އެޗްޑީސީން ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސިފައިންގެ މައްޗަށް ޕޮލިހުން ކުރިހޯދީ 3-2 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 19-25، 25-19، 25-21، 17-25 އަދި 08-15 އިންނެވެ.
ޒުވާން ސްކޮޑަކާ އެކު މުބާރާތައް ނުކުތް ޕޮލިސް ކްލަބުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ސިފައިންގެ ފަރާތުން މި މެޗުގައި ގިނަ ގޯސްތަކެއް ހެދުނެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު ދެ ވަނަ މެޗު ދަޑިމަގުން ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިޓީ އިން ގެންދިޔައީ 25-20، 25-12 އަދި 25-19 އިންނެވެ.
މި މުބާރާތުގައި ރޭ އެޗްޑީސީ އިން ނުކުތީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ޝަމާއިލް ހުސެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 25-22، 23-25، 26-28 އަދި 22-25 އިންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭނީ ރޭންކިން މެޗެކެވެ. މި މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބާ ސްޕޯޓްސް ކްލަބް ސިޓީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ވޮލީ ލީގުން ޖާގަ ލިބޭނެ އެވެ.
Comment