Advertisement

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް މިއަދު ވަޑައިގަންނަވަނީ

29 ޖޫން 2025 - 09:54 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް މިއަދު ވަޑައިގަންނަވަނީ

29 ޖޫން 2025 - 09:54 3

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފްދެއް މިއަދު އެ ގައުމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުގެ ތެރެއިން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިގެއިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް އެމްއޯއީތަކުގައި ސޮއިކޮށް، ސިންގަޕޫރުގައި އުޅޭ ދިވެހިންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ރާއްޖެއިން ސިންގަޕޫރާއި އެއްކޮށް ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ކޮން އެމްއޯޔޫތަކެއްގައި ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.