Advertisement

ޗެލްސީ އާއި ޕަލްމެއިރާސް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް

29 ޖޫން 2025 - 06:25 0


ޗެލްސީ އާއި ޕަލްމެއިރާސް ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް

29 ޖޫން 2025 - 06:25 0

ނޯތު ކެރޮލީނާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އިންގްލެންޑްގެ ޗެލްސީ އާއި ބްރެޒިލްގެ ޕަލްމެއިރާސް ޖާގަ ހޯދައިފި އެވެ.

ޕަލްމެއިރާސް ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ބްރެޒިލްގެ ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޕައުލީނީއޯ އެވެ.

ޕައުލީނިއޯ މި ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި ނިމުމުން، ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ޕަލްމެއިރާސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ލަނޑު ޖެހިތާ ހަ މިނިޓް ފަހުން، އެ ޓީމުގެ، ގުސްޓާވޯ ގޯމޭޒް އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކުއާޓާ ފައިނަލުގައި، ޕަލްމެއިރާސްއާ ކުޅެން ޖެހޭ ޗެލްސީން ވަނީ ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގެ 64 ވަނަ މިނިޓްގައި ރީސް ޖޭމްސް ޖެހި ހިލޭ ޖެހުމުން ލީޑުނަގައިފަ އެވެ. އޭގެ ފަހުން، މޫސުން ގޯސްވެގެން، ދެ ޓީމުގެ ކުޅުންތެރިން ދަނޑުން ބޭލިއިރު، އަލުން ފެށީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.

މެޗު އަލުން ފަށައިގެން، އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓްގައި އެންހެލް ޑި މާރިއާ ވައްދާލި ޕެނަލްޓީން ނަތީޖާ އެއްވަރުވުވުމުން، މެޗު ވަނީ އިތުރު ވަގުުތުގެ ދެ ހާފު ކުޅެން ޖެހިފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ފެށިތަނާ ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު، ރަތް ކާޑެއް ދެއްކުމުން އެ ޓީމުގެ ކުޅުންތެރިއަކު މަދުވި އެވެ.

ބެންފީކާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ޗެލްސީން ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ކްރިސްޓޮފާ އެންކުންކޫ، ޕެޑްރޯ ނެޓޯ އަދި ކިއެރަން ޑިއުސްބަރީ-ހޯލް އެވެ.