Advertisement

އެމެރިކާއިން ޗައިނާ އާއެކު ވިޔަފާރީގެ އެެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 ޖޫން 2025 - 15:43 0


އެމެރިކާއިން ޗައިނާ އާއެކު ވިޔަފާރީގެ އެެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 ޖޫން 2025 - 15:43 0

އެެމެރިކާއިން ޗައިނާ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި މިކަން ހާމަކުރި ނަމަވެސް އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ޓްރަމްޕް ނުދެއްވަ އެވެ. ޗައިނާ އިން ވެސް ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރިކަން ބޭރުގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސޯދު ކަމަށްވާ ޗައިނާ އާއި އެމެރިކާއިން އެއް ގައުމު އަނެއް ގައުމުގެ މުދަލުން ނަގަން ނިންމި ބޮޑު ޓެރިފް ރޭޓުތަކަށް މި އެއްބަސްވުމާ އެކު ނިމުމެއް އަންނާނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާގެ އިމްޕޯޓަރުން ޗައިނާގެ މުދަލަށް ދައްކަން ޖެހޭ ޓެރިފް 145 ޕަސެންޓަށް ބޮޑުކުރި އެވެ. އޭގެ ރައްދެއްގެ ގޮތުން ޗައިނާއިން ނިންމީ އެމެރިކާގެ މުދަލުން 125 ޕަސެންޓުގެ ޓެރިފެއް ނެގުމަށެވެ.

ދެ ގައުމުން މިކަމުގެ މަޝްވަރާތަކެއްް ސްވިޓްޒަލޭންޑުގައި ޖެނީވާގައި ބޭއްވި އެވެ. މި އެއްބަސްވުމަށް އާދެވުނީ ޖެނީވާގެ މަޝްވަރާގެ އަލީގައި ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައި ވެ އެވެ.

މި އެއްބަސްވުމުގެ ދަށުން އުނދަގުލުން ހޯދޭ އެކި ބާވަތުގެ މައުދަންތައް ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓް ކުރަން ފަހިވެގެންދާނެ އެވެ. އޭގެ ބަދަލެއްގެ ޗައިނާއިން ގެންނަ މުދަލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް އެމެރިކާއިން ލުއި ދޭނެ އެވެ.