Advertisement

ވީއޭއެމް ކަޕް: ދަޑިމަގުން ޕޮލިސް ބަލިކޮށްފި، ސިފައިން ގަދަކޮށް ކުރިއަށް

27 ޖޫން 2025 - 07:41 0

އިއްޔެގެ މެޗުގެ ތެރެއިން ދަޑިމަގު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން


ވީއޭއެމް ކަޕް: ދަޑިމަގުން ޕޮލިސް ބަލިކޮށްފި، ސިފައިން ގަދަކޮށް ކުރިއަށް

27 ޖޫން 2025 - 07:41 0

މިހާރު ކުރިއަށްދާ ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަން މުބާރާތުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕޮލިސް ކްލަބް ބަލިކުރިއިރު، ދިވެހި ސިފައިންގެ ކްލަބުން ދި ސަދާން ސްޕޯޓްސް ކްލަބް އަތުން މޮޅުވެ، ވަރުގަދަ ފެށުމާ އެކު ކުރިއަށް ޖެހިލައިފި އެވެ.

ސިފައިން އަތުން ފުރަތަމަ މެޗުގައި ބަލިވި ދަޑިމަގުން ޕޮލިހުގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅޭ ދަޑިމަގުން ވަރުގަދަ ޓީމަކާ އެކު މި ފަހަރުގެ ވޮލީ ސީޒަނަށް ތައްޔާރުވެފައިވާއިރު، 25-18، 26-24 އިން ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނިކޮށް ޕޮލިހުން، 21-25 އިން ތިން ވަނަ ސެޓު ގެންދިޔަ އެވެ. ދަޑިމަަގަށް ކުޅޭ މޮންގޯލިއާގެ ބައްތޫރު ބަސްތޫރީގެ މޮޅު ކުޅުމެއް ފެނުނު މި މެޗުގައި، އެ ޓީމު މޮޅުވީ ހަތަރު ވަނަ ސެޓު، 25-21 އިން ގެންގޮސްގެންނެވެ.

ސްޕޯޓްސް ކްލަބް ސިޓީން ވަނީ ބްލޫސް ފޯ ވޮލީބޯލް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ، 32-30، 25-23 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ، ސިޓީގެ ބިދޭސީ ކުޅުންތެރިޔާ، އަރްޔާން ބަލިޔާން އެވެ.


ރޭ ކުޅުނު މެޗުގައި ސަދާން ސްޕޯޓްސް ކްލަބް އަތުން، ސިފައިން ފަސޭހަ މޮޅެއް ހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-14 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސިފައިންގެ ބްރެޒިލް ކުޅުންތެރިޔާ، ލުއީޒް ފިލީޕޭ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. އެ ގޮތުން، 15:00 ސިޓީން ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީއާ އެެވެ. އޭގެ ފަހުން، 17:00 ގައި، ޕޮލިހުން ބައްދަލުކުރާނީ ސަދާންއާ އެވެ. އަދި، 20:30 ގައި ހުރާ ކޮމިއުނިޓީ ކްލަބުން ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށް ކުޅޭނެ އެވެ.