26 ޖޫން 2025 - 22:46 1
ލީވާން އަލީ ނާސިރު
މޯލްޑިވްސް ފުޑް ކާނިވަލްގައި އެމްއައިބީގެ ސްޓޯލް -- ފޮޓޯ: އަދަދު
26 ޖޫން 2025 - 22:46 1
މޯލްޑިވްސް ފުޑް ކާނިވަލު ހުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ފައިސާ ވެއާއެއް ހޯދުމުގެ ފުރުސަތާއި ފަސޭހައިން އެކި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެމްއައިބީގެ މީޑިއާ މެނޭޖާ އަހުސަން ޖަމީލް އަދަދު އަށް ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް ކާނިވަލްގައި ހުރި އެ ބޭންކުގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް ފައިސާވެއާއެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ރިންގާއި ޓެކް ހިމެނޭ ކަމަށެވެ.
މިގޮތުން އެމްއައިބީން ދޭ ވައުޗަރު ހިފައިގެން ބޭންކަށް ދިއުމުން ވަގުތުން ފައިސާވެއާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފުޑް ކާނިވަލްގައި އެމްއައިބީ ސްޓޯލުން އެކަންޓުތައް ވަގުތުން ހުޅުވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
މީގެއިތުރުން ކަސްޓަމަރުން އެމްއައިބީ ހިޔާރުކުރަންވީ ސަބަބާއި އެމްއައިބީގެ އެކި ފައިނޭންސިން ހިދުމަތްތަކާއި ބެހޭ މައުލޫމާތު އަދި އެކި ހިދުމަތަށް އެދުމަށް ހަދަން ޖެހޭ ގޮތް ވެސް ސްޓޯލްތަކުން ކިޔައިދޭނެ އެވެ.
Comment