Advertisement

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

24 ޖޫން 2025 - 16:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

24 ޖޫން 2025 - 16:53 0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ ދެ މަގާމު ހުސްވާތީ، އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ ޖުލައި 9، ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވަނީ އެ ކޮމިޝަނުގެ ނައިބުރައީސް މޫމިިނާ ވަހީދު އަދި އާމިނަތު ޝިފާތު އަބްދުއް ރައްޒާގުގެ އެވެ.