Advertisement

އިޒްރޭލުން ހަމަލާ ދިނުން ހުއްޓާލައިފިނަމަ ހަނގުރާމަ ހުއްޓާލާނަން: އިރާން

24 ޖޫން 2025 - 07:40 0

އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ


އިޒްރޭލުން ހަމަލާ ދިނުން ހުއްޓާލައިފިނަމަ ހަނގުރާމަ ހުއްޓާލާނަން: އިރާން

24 ޖޫން 2025 - 07:40 0

އިޒްރޭލުން ހަމަލާތައް ހުއްޓާލައިފި ނަމަ، ރައްދު ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް އިރާނުން ބުނެފި އެވެ.

އިރާންގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު ފެށި ހަނގުރާމަ ހުއްޓާލަން އިޒްރޭލާއި އިރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެފައި ވަނިކޮށެވެ.

ނަމަވެސް އެފަދަ އެއްބަސްވުމެއް ނެތް ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު މިނިސްޓަރު އައްބާސް އަރަގްޗީ، ވިދާޅުވި އެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލައި ސުލުހަވުމަށް އަދި އެ ގައުމުގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލަން އެހާތަނަށް އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި ނަމަވެސް އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައިފި ނަމަ އެ ގައުމުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށެވެ.

އަސްކަރީ އޮޕަރޭޝަން ހުއްޓާލުމާމެދު ގޮތެއް ނިންމާނީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ފަތިހު 4:00 ޖެހުމުގެ ކުރިން އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު ކުރެއްވި ޕޯސްޓެއްގައި އިރާން ފޮރިން މިނިސްޓަރު ވިދާޅުވީ އިރާނުން ހަމަލާތައް އެންމެ ފަހުން ދީފައި ވަނީ ފަތިހު 4:00 ހަމައަށް ކަމަށެވެ.

ނަމަވެސް އެއަށް ފަހު ވެސް އިރާނުގެ މިސައިލް ހަމަލަތައް އަމާޒު ވަމުންދާކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، އެ ގައުމުގެ ތިން ނިއުކްލިއާ މަރުކަޒަކަށް ބޮން އަޅާފައިވެ އެވެ.

އިޒްރޭލާއި އިރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވި ކަމަށް ޓްރަމްޕު ވިދާޅުވީ، އެމެރިކާއިން އިރާނަށް ދިން ހަމަލާގެ ރައްދުގައި ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ރޭ ހަމަލާ ދީފައި ވަނިކޮށެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި އިރާނުން 13 ކުޑަކުދިން ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 24 މީހުން ކަމަށް ބުނެ އެވެ.