Advertisement

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ސޯލިހު ނިންމަވައިފި

22 ޖޫން 2025 - 21:25 7

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން އެ ޕާޓީގެ ޗެއާޕާސަނާއި ރައީސް ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ސޯލިހު ނިންމަވައިފި

22 ޖޫން 2025 - 21:25 7

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން މިރޭ ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި، ސޯލިހުއާ އެންމެ ގާތުން މިހާރު މަސައްކަތް ކުރަައްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

މި ކެއުމުގައި ބައިވެރިވެ، ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާ ކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސޯލިހު ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

އޭގެ އިތުރުން، ސޯލިހު މިކަން އިއުލާންކުރެއްވީ، އެމްޑީޕީން ވަކިވެވަޑައިގެން ގޮސް ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އާންމު މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި ދަނޑިވަޅެއްގަ އެވެ. ނަޝީދު އަލުން ސޮއިކުރުމުގެ ޖަލްސާ އޮންނަނީ މާދަމާ ރޭ ސަލްޓަން ޕާކުގަ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، ވެރިކަމުގައި އޮތް ޕީއެންސީން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަކަށް އެމަނިކުފާނު ސީދާ ވިދާޅެއް ނުވެ އެވެ.